ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި 24 ގަޑިއިރުން 8 މިލިއަން ވެކްސިން ޖަހައިފި

އިންޑިއާގައި ދޮށީ އުމުރު ފުރައިގެ މުޅި އާބާދީއަށް ހިލޭ ވެކްސިން ދޭން ހުޅުވާލި ފުރުސަތުގައި، 24 ގަޑިއިރު ތެރޭގައި އަށް މިލިން މީހުން ވެކްސިން ޖަހައިފި ކަމަށް ހެލްތު މިނިސްޓްރީން ހޯމަދުވަހު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ވެކްސިން ޖައިދޭން ފެށި ފުރަތަމަ ދުވަހު އަށް މިލިއަން ފަހަނައަޅައި ދިއުމަކީ ވެކްސިން ޖަހަން މީހުން ބޭނުންވެފައި ތިބުމުން ހާސިލް ކުރެވުނު ގޯލެއް ކަމަށެވެ. އިންޑިއާގައި ކޮވިޑް ފެތުރިގަނެ މުޅި ގައުމު ވަނީ ހުއްޓުވާލާފަ އެވެ. އަނެއްކޮޅުން ސިއްހީ މާހިރުން މިހާރު ބުނަމުން އަންނަނީ ތިންވަނަ ރާޅެއް ނަގައި އިހުނަށް ވުރެ ބޮޑުވަރުކޮށްފާނެ ކަމަށެވެ.

އިންޑިއާއަކީ ކޮވިޑް ހާލަތު ކުރީކޮޅު ވަރަށް ރަނގަޅަށް މެނޭޖުކުރި ގައުމެކެވެ. އަވަށްޓެރި ގައުމެއްގައި ހާލަތު އެހާ ރަނގަޅަށް އޮތުމުން ސަރަހައްދީ އުފަލެއް ގޮތުގައި އެއިރު އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް އިންޑިއާގައި ބޭއްވި އިންތިހާބަކާ ގުޅިގެން މީހުން އެއްތަނަކަށް އެއްވެ ކެމްޕޭންކޮށް ސައިބޮއެ ދުފައި ހަދަން ފެށުމުން ހާލަތު އަތުން ދޫވީ އެވެ.

އިންޑިއާ ސަރުކާރުން މިހާރު ވަނީ ސްޓޭޓައް އިސް ނަގައިގެން އަމިއްލައަށް ވެކްސިން ހޯދަން ހުއްދަދީފަ އެވެ. އަދި ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވެކްސިން ސަޕްލައިކޮށްދިނުމުގައި އޮތީ މެކުހަށް ޖަހާފަ އެވެ.

ދުނިޔޭގައި ކޮވިޑްގެ ހާލަތު ދެވަނައަށް އެންމެ ބޮޑުވަރުވީ އިންޑިއާގަ އެވެ. ސިއްހީ ރެކޯޑްތަކުން ދައްކާ ގޮތުން އިންޑިއާގައި 29.9 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އަދި 388،00 މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގައި ފެތުރިގެންފައިވާ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް އުފެދުނީ ވެސް އިންޑިއާގަ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ކޮވިޑްގައި މީހުންނަށް ބޮޑުވަރުވާތީ މިހާރު ފެންނަނީ މިވައްތުރުގެ ސަބަބުންނެވެ.