ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކިއުބާ ތިންޝޮޓް ވެކްސިން 92 ޕަސެންޓް ކާމިޔާބު

ދުނިޔޭގައި ކޮވިޑް ފެތުރިގަތުމާ ގުޅިގެން އެންމެ ބޮޑަށް ހޭވެރިވެފައި ވަނީ ސިއްހީ ސިނާއަތެވެ. ކޮވިޑުން ރައްކާތެރި ވުމަށް ތަފާތު އެތައް ފަރުވާ އާއި ވެކްސިން އުފައްދައި ތަޖުރިބާ ކުރަމުން އަންނައިރު ކޮންމެ ގައުމަކުން ވެކްސިނެއް އުފެއްދުމަކީ ފެޝަނަކަށް ވެފައިވާ ކަހަލަ އެވެ. މިއީ ކިއުބާގައި އުފައްދައި އަދި ތަހުލީލީ މަރުހަލާ ދޫކޮށް ނުލިވެގެން އުޅޭ އަބްޑަލާ ވެކްސީންގެ ވާހަކަ އެވެ.

ކިއުބާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުން އަބްޑަލާ ވެކްސިން ވެސް މަޝްހޫރު އެހެން މަރުކާތަކާ ފައިހަމަ ކުރާނެ އެވެ. އެކަމަކު އެއީ ތިން ޑޯޒް ފުރިހަމަ ކުރުމުންނެވެ. ކޮވިޑަށް ހުރި އާންމު އެހެން ވެކްސިންތައް ޑޯޒް ފުރިހަމަ ކުރަނީ ދެ ޑޯޒުންނެވެ. އެއްޑޯޒުން ވެކްސިން ފުރިހަމަ ކުރެވޭ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނެއް ވެސް އުޅެ އެވެ.

ކިއުބާއިން ބުނީ ވެކްސިން މިހާރު އުޅެނީ އަޖުމަބެލުމުގެ ތިންވަނަ ފިޔަވަހީގައި ކަމަށެވެ. ތަޖުރިބާއިން ދައްކާ ގޮތުން އަބްޑަލާ ވެކްސިން 92.28 ޕަސެންޓް ކާމިޔާބު ކަމަށް އޮފިޝަލުން ވިދާޅު ވެއެވެ. މިއީ ކޮވިޑަށް މިހާރު ދެވޭ އާންމު ވެކްސިންތަކާ ދާދި އެއް މިންގަޑެކެވެ.

ކިއުބާގެ ވެރިރަށް ހަވާނާގައި ކޮވިޑް ވެކްސިން އަޖުމަބަލަން ފަށައި ޓެސްޓް ގޫރޫޕަށް ފުރަަތަމަ ދިނީ މޭމަހު އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުން ޓެސްޓް ޕްރޮގްރާމްގައި 48،000 މީހުން ބައިވެރިވި އެވެ. ކިއުބާގައި އުފައްދާ އެހެން ވެކްސިނެއްގެ އަޖުމަ ބަލަމުން އަންނަ ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.