އާމްދަނީން ނަގާ ޓެކްސް

އިންކަމް ޓެކުހުން 1.1 ބިލިއަން ރުފިޔާ ލިބިއްޖެ

Jun 22, 2021
3

އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މި އަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން ނަގަން ފެށި އިންކަމް ޓެކުހާއެކު އަހަރުގެ މިހާތަނަށް އާއިރު އިންކަމް ޓެކުހުގެ ގޮތުގައި އެމެރިކާ ޑޮލަރުން، 2.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި ޓެކުހަކީ މިހާރު ދައުލަތަށް ލިބޭ އާމްދަނީގެ 18 ޕަސެންޓް ހިއްސާ ކުރާ ޓެކުހެކެވެ.

އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

މި ޓެކްހަކީ މި އަހަރު ދައުލަތައް އާމްދަނީ އިތުރު ކުރުމަށް ނަގަން ހިމެނި ޓެކްސް އެކެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ޓެކްސް ނަގައިގެން ދައުލަތައް 680 މިލިއަން ރުފިޔާ ލިބޭނެ އެވެ.