ޓޫރިޒަމް

ރާއްޖެ އިސްތިހާރު ކުރަން ދެކުނު އެފްރިކާއިން ނޫސްވެރިން ގެނެސްފި

ދެކުނު އެފްރިކާގެ މާކެޓްގައި ރާއްޖެ އިސްތިހާރު ކުރަން އެ ގައުމުގެ ނޫސްވެރިން ތަކެއް ރާއްޖެ ގެނެސްފި އެވެ. އެފްރިކާގެ ތިން ނޫސްވެރިޔަކު ރާއްޖެއަށް ގެނެސްފައި ވެއެވެ.

އެމްއެމްޕީއާރްސީން ބުނީ ނޫސްވެރިން ގެނައީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެކުނު އެފްރިކާގައި އިސްތިހާރު ކުރާށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ސިއްހީ ފިަވަޅުތައް ނޫސްވެރިން މެދުވެރިކޮށް ފަތުރުވެރިންނަށް އަންގައިދޭށެވެ.

ރާއްޖެ އައި ނޫސްވެރިން އެމީހުން ނިސްބަތްވާ މެގަޒިން ތަށް ބޭނުން ކޮށްގެން ރާއްޖެ، ދެކުނު އެފްރިކާގެ މާކެޓްގައި މަގްބޫލު ކުރުމަށް އިސްތިހާރު ކޮށްދޭނެ އެވެ.

ދެކުނު އެފްރިކާގެ މި ތިން ނޫސްވެރިން ރާއްޖޭގެ ފިނޮޅު މޯލްޑިވްސް އާއި ޑުސިޓް މޯލްޑިވްސް އަދި ހުރަވަޅި އައިލެންޑް ރިސޯޓުގައި ވަގުތު ހޭދަ ކުރި އެވެ.

މި ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދެކުނު އެފްރިކާއިން ރާއްޖެއަށް 3،624 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އަދި ވެކްސިނޭޝަން ކުރިޔައްގެންދިޔުމާއި ދަތުރުފަތުރު ކުރުމަށް ލުއިކަމެއް ލިބުމުން ކުރިޔައް އޮތް ދުވަސްތަކުގައި މި އަދަދު ގިނަވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 457،747 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.