އެމްއެމްޕީއާރްސީ

ރާއްޖޭގެ އިޝްތިހާރު ސީއެންއެންގައި ދައްކަން އެއްބަސްވެއްޖެ

Sep 23, 2021
1

ރާއްޖެ އިޝްތިހާރުކުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ. މި އެއްބަސްވުމަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތައް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެން އާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީއިން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ސީއެންއެންގައި ރާއްޖެ އިޝްތިހާރު ކުރާނީ ސެޕްޓެންބަރު މަހުން ޑިސެންބަރުގެ ނިޔަލަށެވެ. އެ ގޮތުން ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓަކާއި ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކަތައްވެސް ސީއެންއެން ޓްރެވަލްގައި ޕަބްލިޝް ކުރާނެއެވެ.

2021 ވަނަ އަހަރު ވެސް ސީއެންއެންއިން ވަނީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކޮށްދީފައެވެ.