މޯލްޑިވްސް ޕޮލިސް ސާވިސް

އަބޫބަކުރު ފެނިއްޖެ، ހާލު ރަނގަޅު

Jun 22, 2021

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ އުމުރުން 20 އަހަރުގެ ހދ. ކުޅުދުއްފުށި ރިންސޯ، އަބޫބަކުރު އިބްރާހީމް އެވެ. އޭނާ ވީނުވީއެއް ނޭންގި ގެއްލިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. އެކަން ފުލުހަށް ރިޕޯޓް ކުރީ އާއިލާއިންނެވެ.

އަބޫބަކުރު ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއިރު އޭނާގެ ހަބަރެއް އެންމެ ފަހުން ލިބުނުއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައެވެ.

އަބޫބަކުރުގެ ފޮޓޯ އާއި ވަނަވަރު އާންމުކުރިތާ ފަސް ގަޑިިއިރު ފަހުން ދެންމެ ފުލުހުން ބުނީ އޭނާ ފެނިފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނުނީ މާލެއިން ކަމަށްވެސް ބުންޏެވެ.