ބޭރުގެ ޔޮޓެއް ހާލުގައި ޖެހި މާލެ ބަނދަރަށް ވަނުމުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައުލޫމާތު އެމްއެންޑީއެފުން ހިއްސާކުރުމުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެ މައުލޫމާތު ސިފައިން ދިނީ ހަވީރު ފަހެއް ޖެހިއިރު ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ ލޯކަލް އެޖެންޑެއް މެދުވެރިވެގެން އެކަން ބަލަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޔޮޓް މިހާރު ހުޅުމާލެއަށް ދަތުރުކުރަމުންދާ ކަމަށެވެ.