ރާއްޖެ ކުޅިވަރު

ގައުމީ ވޮލީލީގުގައި ފަސް ޓީމު

ހުކުރު ދުވަހު ފަށާ ގައުމީ ވޮލީބޯޅަ ލީގުގައި ފަސް ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހުކުރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާ ލީގުގައި ވާދަކުރާނީ ސްޕޯޓްސް ކުލަބު ސިޓީ، ގުޑީސް ސްޕޯޓްސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި، މޯލްޑިވިއަން ރެކްރިއޭޝަނަލް ކުލަބު އަދި ޕޮލިސް ކުލަބެވެ.

މި ފަސް ޓީމު ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމު ކޮލިފައިވާނީ ގައުމީ މުބާރާތަށެވެ. އެ މުބާރާތް ފަށަން ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ފަހެއްގަ އެވެ.

ޑިސެމްބަރު ފަހަކުން 10 އަށް ބާއްވާ ގައުމީ މުބާރާތުގެ ފައިނަލަށް ދާނީ ލީގުގެ ގަދަ ތިން ޓީމު ލީގު އުސޫލުން އެއްބުރެ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. ފައިނަލްގައި ދެން ކުޅޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.