ދައުލަތުގެ ދަރަނި

ދަރަނި ބަލަހައްޓަން ޑެޓް މެނޭޖުމަންޓް އެގްޒެޓިވްއެއް ހޯދަނީ

Jun 23, 2021
7

ރާއްޖޭގެ ދަރަނީގެ ކަންތައް ބަލަހައްޓާ ފިނޭންސުގެ ސެކްޝަނަށް، ޑެޓް މެނޭޖުމަންޓް އެގްޒެޓިވެއް ހޯދަން ޖަހައިފި އެވެ.

ފިނޭންސް މިނިސްޓްރީން ދިވެހި ބަހުން ކޮށްފައިވާ އިއުލާނުގައި ބުނީ އެސިސްޓެންޓް ޑެޓް މެނޭޖުމަންޓް އެގްޒެކެޓިވްއެއް ބޭނުންވާ ކަމަށާ، ދާއިމީ މިގާމަށް ކުރިމަތިލާ މީހަކަށް މުސާރައަށް 7،035ރ. ގެ އިތުރުން ސާވިސް އެލަވަންސުގެ ގޮތުގައި 2،000ރ. ގެ އިތުރުން ފިނޭންސް މުސާރައިގެ އެލަވަންސުގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ދޭނެ އެވެ.

އެ މަގާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަގާމަކަށްވާތީ، މަގާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް އެކައުންޓިން ނުވަތަ އިކޮނޮމިކްސް އެކެވެ. އެހެންކަމުން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28 ޕަސެންޓް ދޭނެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހެއްގެ ކިބިގައި ގިނަ ޝަރުތު ތަކެއް ހުރުން ވެސް ލާޒިމް ކުރެ އެވެ. އެ ޝަރުތުތަކުގެ އޭގެތެރޭގައި މި މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއް އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ލެވެލް އަތެއް ނުވަތަ އަށެއް ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުން ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ދަނީ ދުނިޔޭގެ މާލީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް ދަރަނި މެނޭޖު ކުރަން ސިސްޓަމްތައް ހަދަމުންނެވެ. އެގޮތުން އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު މާލީ ހިސާބުތައް އާއްމުކޮށް ދަރަނީގެ މައުލޫމާތު ވެސް ދަނީ އާއްމު ކުރަމުންނެވެ.