އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީ އިން ބުނީ އަދަދު ހަމަނުވާ ދާއިރާތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެއްވެސް މީހަކު ކުރިމަތި ނުލާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކުން ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ނުވަ ދާއިރާއަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހަމަކުރަން ޖެހެ އެވެ. އެ ދާއިރާތަކުން މިއަދުން ފެށެގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.
މެމްބަރުން އިންތިހާބު ކުރަން ޖެހޭ ދާއިރާއަތައް
- ހދ. ނޮޅިވަރަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - އެއް މެމްބަރަކު
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - ދެ މެމްބަރުން
- ބ. ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - އެއް މެމްބަރަކު
- ކ. ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - އެއް މެމްބަރަކު
- އއ. ފެރިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - ހަތަރު މެމްބަރުން
- ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - ފަސް މެމްބަރުން
- މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - ފަސް މެމްބަރުން
- ނ. މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - އެއް މެމްބަރަކު
- ލ. މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ - އެއް މެމްބަރަކު
މި ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ހޮވުމުގެ އިތުރުން ލ. މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮގަސްޓް ހަތް ވަނަ ދުވަހު ބޭއްވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.