ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

ސަރުކާރުން އަނެއްކާވެސް ކުދި ވިޔަފާރިއަށް އެހީވާން ލޯނެއް

Jun 23, 2021
1

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ އަސަރުން ކުދި ވިޔަފާރިތައް ސަލާމަތް ކުރަން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނެއް އިއުލާނު ކޮށްފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އުފެއްދި އެސްޑީއެފްސީގެ ލޯނު ދޫކުރާކަން އިއުލާނު ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލާ މި ލޯނު ހާއްސަ ކުރާނީ ކޮވިޑް-19 އިގެ ދެވަނަ ރާޅުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކާއި ސަރަހައްދު ތަކަށެވެ. އެގޮތުން މާލެ ސަރަހައްދަށް ހާއްސަކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ އެންމެ ހާއްސަ ކަމެއް ދޭނީ މި ބަލީގެ ސަބަބުން އަސަރު ކޮށްފައިވާ ރަށްރަށަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެއް މިލިއަން ރުފިޔާއާ ހަމައަށް ނެގޭ މި ލޯނު ލިބޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ / ރެސްޓޯރަންޓްތަކާއި ޖިމް އަދި ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލޯނަކީ ރިލީފް ލޯނު ދިނުން ކުރިއަށް ގެންދާނީ "ބިޒްނަސް ކްލިނިކް" އެއްގެ ގޮތުގަ އެވެ. އަދި ލޯނު ދޭނީ ކޮންސެލްޓެންޓުގެ އެހީގައި މިހާރު ވެސް ހުރި އެގްޒިސްޓިން ވިޔަފާރިތަކަށެވެ.

ބީއެމްއެލް މެދުވެރިކޮށް ލުއި ލޯނެއް

މި ލޯނުގެ އިތުރުން ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެއް ވެސް އިއުލާނު ކޮށްފަ އެވެ. މި ލޯނު ދޫކުރަނި ހަ ޕަސެންޓުގެ އިންޓެސްޓް ރޭޓުގަ އެވެ. ލޯނު ދައްކަން ފަށަން އެއް އަހަރު ލިބޭއިރު ދައްކަން ހަތަރު އަހަރު ލިބެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދައުލަތުގެ އާމްދަނީއަށް ބޮޑުތަން އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންވެ ސަރުކާރުގެ އަމާޒަކީ އިކޮނޮމީއަށް އެހީ ވެގެން 2019 ވަނަ އަހަރު އިގްތިސޯދު އޮތް ހާލަތަށް އަންނަ އަހަރު ރާއްޖެ ގެންދިއުމެވެ.

"އެކަމަށްޓަކައި އެސްޑީއެފްސީ އާއި ބީއެމްއެލް އިން 1.7 ބިލިއަން ރުފިޔާގެ އެހީތެރިން ލޯނުގެ ގޮތުގައި ދެވިފައިވޭ. ސިއްހީ ދާއިރާއަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވޭ. މިހާރު މިވަނީ ޖީޑީޕީގެ ހަ ޕަސެންޓް އެހީތެރިވެ ދިނުމަށްޓަކައި ހަރަދުކޮށްފައި،" އަމީރު ވިދާޅުވި އެވެ.