ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުރުކީގެ ތުރުކޮވެކް ތިންވަނަ މަރުހަލާގައި

ތުރުކީގެ ސައިންސްވެރިން އުފައްދާ ކޮވިޑް ވެކްސިން، ތުރުކޮވެކް މި އަހަރު ނިމުމުގެ ކުރިން ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްްޖެ އެވެ. ތުރުކޮވެކް މިހާރު ކަޑައްތު ކުރަމުން ދަނީ އަޖުމަ ބެލުމުގެ ތިންވަނަ ފިޔަވައްސެވެ.

"މި ބަލިމަޑުކަން ނިމުމަކަށް އަންނާނެ ދުވަހެއް ވެސް ނޭނގޭ. އަދި އުފެދޭނީ ކިތައް ވޭރިއަންޓް ކަމެއް ވެސް ނޭނގޭ،" އުރުދުޣާން ވިދާޅުވި އެވެ. "އަޅުގަނޑުމެން އަމިއްލައަށް ވެކްސިނެއް އުފައްދަން ޖެހުނީ މިކަމުގެ މުހިންމު ކަމުން،" އުރުދުޣާން ވިދާޅުވި އެވެ.

ތުރުކޮވެކްގެ ތިންވަނަ ފިޔަވަހި ފައްޓަވައި ދެއްވަމުން އުރުދުޣާން ވިދާޅުވީ ވެކްސިނާ މެދު ބޮޑު އުންމީދެއް އޮތް ކަމަށާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި ނޫން އާންމު ރައްޔިތުންނަށް ނުދޭނެ ކަމަށެވެ.

ތުރުކޮވެކް އުފައްދާފައި ވަނީ ސިނޮވެކް އުފައްދާފައިވާ ގޮތަށް ހާލުދެރަ ކޮވިޑް ވައިރަސް ބޭނުން ކޮށްގެންނެވެ. މިއީ ވެކްސިން އުފެއްދުމުގެ ތަންކޮޅެއް މުސްކުޅި ގޮތެއް ނަމަވެސް ޔަގީންކަން ބޮޑު ގޮތެކެވެ. ޒަމާނީ ވެކްސިން އުފައްދަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.

ތުރުކީގައި ކޮވިޑަށް ވެކްސިން ޕްރޮގްރާމް ފެށީ ޗައިނާގެ ސިނޮވެކް ވެކްސިނާއި ރަޝިއާގެ ސްޕުޓުނިކް ވެކްސިން އަދި ފައިޒާ-ބަޔޮންޓެކް ވެކްސިން ބޭނުން ކޮށްގެންނެވެ.