ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުރުކީގެ ރައީސް އުރުދުޣާން ޗައިނާ ސިނޮވެކް ކޮވިޑް ވެކްސިން ޖައްސަވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޗައިނާ ސިނޮވެކް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ. އަންކާރާ ސިޓީ ހޮސްޕިޓަށް ވަޑައިގެން ކޮވިޑް ވެކްސިން ޖެއްސެވުމަށް ފަހު، "އަޅުގަނޑު ވެސް ވެކްސިން ޖަހަފިން" ކަމަށް ވިދާލުވެ ވަނީ ޓެލެގްރާމުން މެސެޖް ކުރައްވާފަ އެވެ.

"ހުރިހާ ބޭފުޅުން ވެސް ވެކްސިންޖައްސަވައިފި ނަމަ ވާނީ ވަރަށް ރަނގަޅު އިހުތިޔާރަކަށް" އުރުދުޣާން ރިޕޯޓަރުންނަށް ވިދާޅުވި އެވެ. "ސިޔާސީ ލީޑަރުން ވެސް މިކަމުގައި އިސް ނެންގެވުން ރަނގަޅު ގޮތަކީ" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގައި ތުރުކީން މަރުވި މީހުންނަށް ރަހްމަތްލެއްވެވުމަށް ދުއާ ކުރައްވައި އުރުދުޣާން އާއިލާތަކަށް ހެޔޮ ބަސް ވިދާޅުވި އެވެ. އަދި މިހާރު ވެސް ބަލި ތަހަންމަލް ކުރަމުންދާ މީހުން ކެތްތެރިވެ ދުއާ ކުރުމަށް އެދިވަޑައިގެންނެވި އެވެ.

ތުރުކީގެ ރައީސް އުރުދުޣަން ކޮވިޑް ވެކްސިން ޖައްސަވަނީ: ތުރުކީގައި ބޭނުން ކުރަނީ ޗައިނާ ސިނޮވެކް ކޮވިޑް ވެކްސިން

އުރުދުޣާން ވިދާޅުވީ މިހާތަނަށް 250،000 ސިއްހީ އެހީތެރިންނަށް ކޮވިޑް ވެކްސިން ދެވިއްޖެ ކަމަށާއި އެބޭފުޅުން އެ ކުރައްވަނީ ގައުމު ފަޚުރުވެރިވާ އަދި ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ތުރުކީގައި ކޮވިޑް ވެކްސިން ލޯންޗްކުރީ ބުރާސްފަތި ދުވަހު އެވެ. އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ހެލްތު މިނިސްޓަރު، ފަހްރޭތިން ކޮޗާ އެވެ. ހެލްތު މިނިސްޓަރު ވެކްސިން ޖެއްސެވީ ބުދަ ދުވަހު އެވެ.

ތުރުކީ ހެލްތު މިނިސްޓްރީ ބުނާ ގޮތުން ގައުމުގައި ތިބި 1.1 މިލިއަން ސިއްހީ އެހީތެރިންނަށް އެއްމަސްދުވަސް ތެރޭގައި ކޮވިޑް ވެކްސިން ދޭނެ އެވެ.