ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުރުކީގައި ބޫސްޓަރު ޝޮޓެއް ގޮތުގައި އަމިއްލަ ވެކްސިނެއް

ތުރުކީގައި ކޮވިޑަށް ބޫސްޓަރު ޝޮޓެއް ފަށައި ކުރިއަށް އެބަ ގެންދެ އެވެ. ސިއްހީ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ތުރުކިގައި ބޫސްޓާ ޝޮޓަކަށް ދެނީ އަމިއްލަ ވެކްސިން، ތުރުކޮވެކް އެވެ.

އިންސާނުންނަށް ތުރުކޮވެކް ދީގެން ޓެސްޓް ކުރަމުން ގެންދާއިރު އޮފިޝަލުން ބުނާ ގޮތުން ތިން ވަނަ ފިޔަވަހި އޮތީ ނިމުމަކާ ގާތުގަ އެވެ. މި ވެސްކިނުން ކުރާ ނޭދޭވޭ އަސަރުތަކޭ ބެހޭ ގޮތުން ވާހަކަ ދައްކާތީ ނުއިވެ އެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުން ތުރުކޮވެކް ބޫސްޓަރު ޝޮޓް ދެނީ ޗައިނާގެ ސިނޮވެކް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި އަދި ކޮވިޑް ނުޖެހޭ މީހުންނަށެވެ. ތުރުކޮވެކް ތިންވަނަ ޑޯޒެއް ގޮތުގައި ދެނީ އަޖުމަބަލަން ރުހޭ 18 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އިންފެކްޝަސް ޑިޒީޒަސް އެންޑް ކްލިނިކަލް މައިކްރޯބަޔޮލޮޖީ ޑިޕާޓްމެންޓްގެ ވެރިޔާ އޮރްހާން ޔިލްޑިޒް ވިދާޅުވީ، ތުރްކޮވެކް ވެކްސިން ދީފައި ވަނީ މިހާތަނަށް ވެކްސިން ދީފައި ނުވާ ވޮލަންޓިއަރުންނަށް ނަމަވެސް މިހާރު ސިނޮވެކް ވެކްސިން ޖަހާފައިވާ މީހުނަށް ބޫސްޓަރު ޝޮޓެއްގެ ގޮތުގައި ވެސް މި ވެކްސިން ދެމުން ގެންދާ ކަމަށެވެ.

ތުރުވެކް ވެކްސިން ޓެސްޓްކުރާ ވޮލަންޓިއަރެއް ކަމަށްވާ އުރުދުޣާން އޮޒްކާން ވިދާޅުވީ ކޮވިޑް ވެކްސިން އުފައްދަން ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އޮޒްކާންގެ ނަސޭހަތަކީ އެއްވެސް ކަންބޮޑުވުމެއް ނެތި އާންމު ރައްޔިތުން ތުރްކޮވެކް ވެކްސިން ޖަހައި ގައުމީ މަސައްކްތަކަށް ހިތްވަރު ދިނުމެވެ.