އިބްރާހިމް އިސްމާއީލް (އިބްރާ)

އެމްޑީޕީ އަކީ ގައުމަށް އޮތް ނުރައްކަލަކަށް އެބަވޭ: އިބްރާ

Jun 26, 2021
14
އެމްޑީޕީގެ ފުރަަތަމަ ރައީސް އިބްރާހީމް އިސްމާއީލް: އެމްޑީޕީއަށް ވަރަށް ބޮޑަށއް ފާޑު ވިދާޅުވި
0%
0%
0%

އެމްޑީޕީއަކީ ގައުމަށް އޮތް ނުރައްކަލަކަށް ވަމުންދާ ކަމަށާއި ޕާޓީގެ ތެރެއިން މިއަދު ފެންނަނީ ޖަރުމަނުގެ އަނިޔާވެރި ހުދުމުހުތާރު ލީޑަރު އެޑޯލްފް ހިޓްލަރުގެ ނާޒީ ޕާޓީން ގެންގުޅުނު ސިޔާސަތުތައް ކަމަށް އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ފާހަގަކުރާ އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާ ވިދާޅުވީ އޭނާއާއި އެތައް ބަޔަކު ކުރި ބުރަ މަސައްކަތުން އެމްޑީޕީ އުފެއްދީ ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައިވާތީ ތާއަބަދަށް ހައްގުތައް ކަށަވަރު ކޮށްދޭން ކަމަށެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނުމާއި، ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމާއި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމާއި، އަދުލު އިންސާފު ގާއިމު ކޮށްދިނުމާއި، ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ އެމްޑީޕީން ވަކާލާތު ކުރި މުހިއްމު އަސާސްތަކެވެ.

ދިގުކޮށް މިވާހަކަ ދައްކާނެ ކަމެއް ނެތް. އެމްޑީޕީގެ މަގުސަދުތައް ދެން ހާސިލެއް ނުކުރެވޭނެ އަންނި [ރައީސް ނަޝީދު] ވެރިކަމަށް އައުމަށް އެ ޖަހާ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެން އެ ތިބީ އަންނިއާ ހެދި ދުރުގައި. އިހަށް ވެސް ވަގުންގެ ގޮތުގައި ތިބި ބަޔަކު މިއަދު އެތިބީ [އެމްޑީޕީ ހިންގަން]
އިބްރާހިމް އިސްމާއީލް | އެމްޑީޕީގެ ފުރަތަމަ ރައީސް

އިބްރާ ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށެވެ. ނަމަވެސް މިއަދު އޮތް އެންމެ ބޮޑު ހިތާމަ އަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަމިއްލަ އެދުން އިސް ކުރައްވައިގެން ކުރައްވާ ކަންކަމުގެ ސަބަބުން ހާސިލް ކުރެވިފައިވާ ކަންކަން ވެސް ގެއްލިގެންދިއުން ކަމަށެވެ.

"މާ ދިގުކޮށް މިވާހަކަ ދައްކާނެ ކަމެއް ނެތް. އެމްޑީޕީގެ މަގުސަދުތައް ދެން ހާސިލެއް ނުކުރެވޭނެ އަންނި [ރައީސް ނަޝީދު] ވެރިކަމަށް އައުމަށް އެ ޖަހާ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެން އެ ތިބީ އަންނިއާ ހެދި ދުރުގައި. އިހަށް ވެސް ވަގުންގެ ގޮތުގައި ތިބި ބަޔަކު މިއަދު އެތިބީ [ޕާޓީ ހިންގަން]" ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިބްރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ބޭއްވި އެއްވުމުގައި ރައީސް ސޯލިހާއި މަޖިލިސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް

އެމްޑީޕީން މިއަދު ކަންކަން ކުރަމުންދާ ގޮތުން އެ ޕާޓީއަކީ ގައުމަށް އޮތް ނުރައްކަލަކަށް ވަމުންދާ ކަމަށް އިބްރާ ތަކުރާރުކޮށް ވިދާޅުވި އެވެ. މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ، އަދި ވެރިކަމުގައި އެމްޑީޕީގެ ބޭފުޅަކު ހުންނެވިއިރު އިބްރާއަށް ފެނިގެންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ސަރުކާރުގެ ކަންކަން ހުއްޓުވަމުންދާ މަންޒަރެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމަށް ސަރުކާރުން ފެށި ހަރުދަނާ މަސައްކަތްތަކެއް ހުއްޓުވީ ވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުންނެވެ.

އިބްރާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ތެރެއިން މިހާރު ފެނިގެންދާ ކަންކަމަކީ ވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ ކަންކަމެވެ.

"ރައްޔިތުންގެ މަޖިލިސް މިއަދު އެ ހިނގަނީ ގާނޫނީ އިމުގެ ތެރެއަކުން ނޫން. އަބަދު ކޮންމެވެސް މީހަކު މަޖިލީހަށް ހާޒިރު ކޮށްގެން ދައްކަނީ ކޮންމެވެސް ރުފިޔާއެއްގެ ވާހަކަ. މިއުޅެނީ އެތަނުގައި ތިބި ބަޔަކަށް ބައި ނޭޅިގެން. ހަރުދަނާ މުހިއްމު މަައްސަލަތަކުގައި ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރާ ތަނެއް މަދުން ނޫނީ ނުފެނޭ. ހަޔާ އެޑިޔުކޭޝަން ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީ ތެރޭގައި އެތައް މައްސަލަތަކެއް ހުރި އިރު އެ ވަޒީރުން ހާޒިރުކޮށް ސުވާލު ކުރާ ތަނެއް ނުފެނޭ،" މަޖިލީހުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވަމުން އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ކޮށްދިނުމަށް ވަކާލާތު ކުރި ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލްވީ 20 އިންސައްތަ މަސައްކަތް ކަމަށެވެ. އިބްރާ ގަބޫލުކުރައްވާ ގޮތުގައި ޕާޓީގެ މައިގަނޑު އަސާސްތައް ހާސިލް ކުރަން ގައުމީ ފެންވަރުގައި ސަރުކާރުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ހިޔާލުފާޅުކުރާ މީހާ މިއަދު ޖަލަށް ނުލި ނަމަވެސް އެމްޑީޕީއާއި ސަރުކާރަށް ފާޑު ކިޔައިފިނަމަ ކުރިއެކޭ އެއްގޮތަށް މީހުންނަށް ދަތިކޮށް އުދަގޫކުރުމުގެ ސަގާފަތް ނިމިފައި އޮތް ތަނެއް އިބްރާ އަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

އެމްޑީޕީގެ ތެރެއިން މިއަދު އަޅުގަނޑަށް ފެންނަނީ ޖަރުމަނުގެ އެޑޯލްފް ހިޓްލަރުގެ ނާޒީ ޕާޓީން ގެންގުޅުނު ސިޔާސަތުތައް. ދެން އަޅުގަނޑު ބުނަން އޮތީ ވެސް އެމްޑީޕީ މެންބަރުން ވަރަށް ރުޅި އަންނަ އެއްޗެއް. އަޅުގަނޑަކަށް މާ މުހިއްމެއް ނޫން 'އެމްޑީޕީ' ގެ ތިން އަކުރެއް. އަދި އެމްޑީޕީގެ ރަން ރީނދޫ ކުލައަކީ ވެސް އަޅުގަނޑަށް އެންމެ ރީތި ކުލައެއް ނޫން. އަޅުގަނޑަށް މުހިއްމީ ރައްޔިތުންނަށް ކޮށްދޭން އެމްޑީޕީން ބުނި ސިޔާސަތުތައް
އިބްރާހީމް އިސްމާއީލް (އިބްރާ) | އެމްޑީޕީގެ ފުރަތަމަ ރައީސް

އިބްރާ ވިދާޅުވީ އެމްޑީޕީން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާ ދެކޮޅަށް ތެދުވީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ. އެކަން ކުރަންޖެހުނީ މައުމޫންގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުމާއި ހިޔާނާތްތެރިވަމުން ދިއުމުން ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް ގައުމަށް އިސްލާހީ ބަދަލު ގެނައުމަށް އެއްބާރުލުން ނުދެއްވައިގެންނެވެ. އެކަމަކު މިއަދު މިއޮތް އެމްޑީޕީ ބައިވެރިވާ ސަރުކާރު ވެސް ގާނޫނީ އިމުގެ ތެރެއިން ނުހިނގާ ކަން ފާހަގަކުރެއްވި އެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ އެއްވެސް ގުނަނެއް ޕާޓީގެ އަސާސީ ގަވައިދުގެ ތެރޭގައި ހިންގަމުންދާ ކަމަކަށް އިބްރާ ގަބޫލެއް ނުކުރައްވަ އެވެ.

"އެމްޑީޕީގެ ތެރެއިން މިއަދު އަޅުގަނޑަށް ފެންނަނީ ޖަރުމަނުގެ އެޑޯލްފް ހިޓްލަރުގެ ނާޒީ ޕާޓީން ގެންގުޅުނު ސިޔާސަތުތައް. ދެން އަޅުގަނޑު ބުނަން އޮތީ ވެސް އެމްޑީޕީ މެންބަރުން ވަރަށް ރުޅި އަންނަ އެއްޗެއް. އަޅުގަނޑަކަށް މާ މުހިއްމެއް ނޫން 'އެމްޑީޕީ' ގެ ތިން އަކުރެއް. އަދި އެމްޑީޕީގެ ރަން ރީނދޫ ކުލައަކީ ވެސް އަޅުގަނޑަށް އެންމެ ރީތި ކުލައެއް ނޫން. އަޅުގަނޑަށް މުހިއްމީ ރައްޔިތުންނަށް ކޮށްދޭން އެމްޑީޕީން ބުނި ސިޔާސަތުތައް،" އެމްޑީޕީއާ މެދު ދެކޭ ގޮތް ހާމަކުރައްވަމުން ވިދާޅުވި އެވެ.

14 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކިބުރާ

15 މިލިއަން މަދީދޯ

ބަރަކް

2008 ގަ މޑޕ އައް ވެރިކަން ލިބުނީމަ ކުރި ކަމަކީ ކޮންމެ ހުކުރު ވިލޭރެއަކު ލޮނުޒިޔާރަތް ކޮޅައް މީހުން އެއްކޮއްގެން މޑޕ ލީޑަރޝިޕް ޕޯޑިއަމް އައް އަރާ މަލާމަތް ކޮއް ހަޖޭޖަހަން ފެށީ. މުޖްތަމައު އައް ގަދަރު އިޚްތިރާމް ކަނޑަން ދަސް ކޮއްދިނީ. ކޮންމެ މީހަކު ގެޔައް ދަނީ ފޮނިވެފަ ދެއްކިހުތުރު ވާހަކަތައް ވަރައް މޮޅުވެގެން! ލީޑަރޝިޕް ސްޓޭޖް އައް އަރާ ދެއްކި ކޮންމެ ވާހަކައެއް ގޮވި ކޮންމެ ހަޖުލެއް މޑޕ މީހުންގެ އަގަޔަށް ޒީންލާފަ އެހެރަވަދެގެންދަނީ މިއަދު. ހަޔާތް ކެންޑުވީ އެދުހު ކަލޭމެން މިޔަދު އެތަންމިފެންނަނީ. މަމީ މޑޕ މީހެއް އެކަމު ވެރިކަން ލިބުނީމަވެސް ބިރަކާ ނުލާ މަޖާ ކުރަން ފެށުމުން މަފޫހިވެއްޖެ. ޥެރިކަންލިބުނީމަ ދެން ރެލީތައް ބާވާކައް ނުޖެހޭ. ރީތި މިސާލެއް ދައްކާ ވެރިކަން ކުރާކައް ނޭގުނުހަސަދަ ވެރިވެފަ ތިބިލެއް ބޮޑުކަމުން.

ތިރިބެ

އެހެން ނުވާވީސަބެއްނެތް މަންދު ކޮލެޖައްދިންއަދަދުޑަވީމަ ކޮރަޕްސަންވާހަކަދެއްކީމަކަމަކުނުދޭ މޮއްޖަހާފަކެޔަސް އެމްޑީޕީގެ ކިނަބަޔަކު އެވާހަދައްކާވިޔަ އެހެއްއެއްމެން ހައްޕް

ހަސަނޭ

އިބުރާގެތިވާހަކައިގެ ބައިކުޅަބައި ތެދުކަމުގައި ޤަބޫލުކުރެވިދާނެއެވެ. ޕާޓީ ތިހިސާބުގައޮއްވައި، އިބުރާއަށް ރައީސްކަން ދީފިނަމަ، ވާނީ ކިހިނެތްބާވައެވެ؟ އުފެދޭ ސުވާލެކެވެ.

އޮބިމެން

ޕާރޓީ އުފައްދަން މަސައްކަތް ކުރެއްވި އިރުގަ ނޭގުނު ތޯ ، ދެ ކޮއްކޮ ވެގެން ބާސްކެޓް ކުޅިވަރު ވެސް ފުނޑާ ލީ ހަމަ ޕީ ޕީ އެމް ގެ ބާރުން ސުޕުން ބަހައްޓައިގެން

ސައީދު

އިބްރާ އަށް ނަނެއްކާބޭނުންވެފައި އޮތްކަމެއް މިހާރު ނުފުދެނީތަ ޔަޤީން އަމިއްލަ އެދުމެއް އޮވެގެން ނޫނީ ތިގޮތަކަށް އގައެއް ނާރުވާނެ އިބްރާ ވަރަހ ރަގަޅަށް ދަންނަން އަމިއއްލަ އެދުމުން ފުރިފައި ހުނނަމީހެއްކަން ތތިޔައީ

އަލިބެ

ބޯގަން ވިލާއަށް ހުރިހާ ލާރި އެއް

ޖުވެރިޔަ

ތިހެނެއް އަދި ބުނެގެން އިބްރާ ހީކުރީ އެމްޑީޕީ ސަޕޯޓަރުންނެއް ފަހަތަކަށް ނުޖެހޭނެ

ޔަހްޔާ

އަހަންންކަށްވެސް މުހިއްމެއް ނޫން 'އެމްޑީޕީ' ގެ ތިން އަކުރެއް. އަދި އެމްޑީޕީގެ ރަން ރީނދޫ ކުލައަކީ ވެސް އަހަންނަށް އެންމެ ރީތި ކުލައެއް ނޫން. އަހަންނަށްވެސް މުހިއްމީ ރައްޔިތުންނަށް ކޮށްދޭން އެމްޑީޕީން ބުނި ކަންތައް. ވޯޓު ތިހޯދީ، އެކަންތައް ކޮށދޭނަމެ ކިޔައިގެން

އަހުމަދުފައިޒެ

އިބްރާ އަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް، އޭނަ އަށް ވަރަށް ރަނގަޅަށް އިނގޭނެ އަންނިގެ ހިޓްލަރު ކަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345