ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ރެސްޓޯރެންޓް އެސޯސިއޭޝަނުން އަޑުއުފުލަން ނުކުންނަނީ

ކެފޭ ރެސްޓޯރެންޓްފަދަ ތަންތަނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދޭން ސަރުކާރުން މަސައްކަތް ނުކޮށްދޭ ކަމަށް ބުނެ ރެސްޓޯރެންޓް އެސޯސިއޭޝަނުން އަޑު އުފުލަން ނުކުންނަން ނިންމައިފި އެވެ

ރެސްޓޯރެންޓް އެސޯސިއޭޝަންގެ ރައީސް ހާމިދު އަފީފް އަވަސް އަށް ވިދާޅުވީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ކަންބޮޑުުވުމާ އާދޭސް ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެހީތެރިކަން ނުލިބި އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ ހަވީރު 4:00 ޖަހާއިރު ކާނިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އަޑުއުފުލަން ނިންމާފައިވާ ކަމަށެވެ. އެ އަޑުއުފުލުމުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ކާންދޭ އަތުގައި ދަތް ނާޅާށޭ" އެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުން ހަމައެކަނި ދެނީ ޓޭކްއަވޭގެ ހިދުމަތް އެކަންނެވެ. އެހެންކަމުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ކެފޭ ރެސްޓޯރެންޓްތަައް ލިބޭ ގެއްލުންތައް ކުޑަކުރަން އެ ފަރާތްތަކަށް ބަދަލު ދޭން ވެސް މަޖިލީހަށް މީގެ ކުރިން ހުށަހެޅި
އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ އެ ފަރާތްތަކަށް ބަދަލު ނުދޭ ށެވެ.