ނަޝީދަށް އަމާޒު ކުރި ހަމަލަ

މެއި ހައެއް ކޮމިޓީން މިނިސްޓަރު މާރިޔާއާ ބައްދަލުކޮށްފި

Jun 28, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ ޑިފެންސް މިނިސްޓްރީގައި ކަމަށް އެނގިފައިވެ އެވެ.

މޭ ހައެއް ކޮމިޓީން މީގެކުރިން ވަނީ އެޗްއާރްސީއެމްގެ މެންބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.

މެއި ހައެއް ކޮމިޓީ އަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އުފައްދާފައިވާ ކޮމިޓީ އެކެވެ.

ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާއިރު ރައްޔިތުންގެ މަޖިލީހުން ގެންދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ހާއްސަ އިންކުއަރީއެއް ކުރިއަށް ގެންދަމުންނެވެ. އިންކުއަރީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު ފުލުހުން ހާމަކުރީ ހަތަރު މީހުންގެ މައުލޫމާތެވެ.