ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހުރިހާ ހަރަދާއެކު ލިބޭ 18 ސްކޮލާޝިޕެއް ހުޅުވާލައިފި

ހުރިހާ ހަރަދެއް ދޭ 18 ސްކޮލާޝިޕަކަށް ހަޔާ އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ހުޅުވާލައިފައި ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ ހަތް ފުރުސަތަކަށެވެ.

މި ފުރުސަތު ހުޅުވާލައިފައި ވަނީ އިންޑިއާގެ ދެ ކޮލެޖަކުން ނެވެ. އެއީ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގާއި މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަނެވެ. މި ސްކޮލަޝިޕްތަކުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ، އެ ކޯސްތަކުގެ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރަން އެ މިނިސްޓްރީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން އެކަމަށް ހާއްސަކޮށްފައިވާ ސްކީމުންނެވެ.

އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ފުރުސަތު ދޭނީ ރާއްޖޭގެ 10 ސަރަހައްދަކުން ވަކި އަދަދެއްގެ ދަރިވަރުންނަށެވެ. އެ ސަރަހައްދަކަށް ޝަރުތު ހަމަވާ އެއްވެސް ދަރިވަރެއް އެޕްލިކޭޝަން ހުށަހަޅުއްވާފައި ނުވާނަމަ، އެކި ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުން، މެރިޓް އުސޫލުން ބަލާ އެންމެ މަތިން މާކުސް ލިބޭ ދަރިވަރެއް އެސަރަހައްދަކަށް ހޮވޭނެ އެވެ.

އެހެންކަމުން އެޕްލިކޭޝަން ހުށަހަޅުއްވާ ހުރިހާ ދަރިވަރުން ވެސް އެޕްލިކޭޝަން ހުށަހަޅަން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިސްކަންދޭ ތަރުތީބުން އެނގޭނެ ގޮތުގެ ލިޔުން ހުށަހަޅަން ވަނީ އެދިފަ އެވެ.

ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެ ކިއުންތައް އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އޮގަސްޓު އެއްވަނަ ދުވަހުގެގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.