ދުވާފަރު

ދުވާފަރު މަގުތަކުގެ ބޮޑުބައި ނިންމައިފި

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައި ކުރިއަށް އެބަ ގެންދެ އެވެ.

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގަ 24 ވަނަ ދުވަހު އެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ މަސައްކަތަކީ ކޭބަލް ޖަންކްޝަންތައް އެޅުމެވެ. އެމްޓީސީސީއިން ބުނި ގޮތުގައި ކޭބަލް ޖަންކްޝަންތައް އެޅުމުގެ މި މަސަައްކަތް އޯގަސްޓް މަހުގެ 30 ވަނަ ދުވަހަށް ނިންމާލާނެ ކަމަށެވެ.

އެމްޓީސީސީއިން ދުވާފަރުގައި 17،790 އަކަމީޓަރުގެ އުޅަނދު ދުއްވާ ސަރަހައްދެއް ގާއިމް ކުރުމާއި، 4،960 އަކަ މީޓަރުގެ ސަރަހައްދޭގައި ހިނގާ ސަރަހައްދެއް ގާއިމް ކުރުމާއި، ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ސާވިސް ލައިން އެޅުމާއި އަދި މަގު ބައްތި ހަރު ކުރާނެ އެވެ. މި ޕްރޮޖެކްޓަކީ 37.8 މިލިއަން ރުފިއާގެ ޕްރޮޖެކްޓެކެވެ.

ދުވާފަރުގައި މަގު ހެދުމުގެ މި މަޝްރޫއު 2022 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމާނެ އެވެ.