އެމްޓީސީސީ

ދުވާފަރު މަގުހެދުން: 65 ޕަސެންޓް ނިމިއްޖެ

ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރ. ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދުވާރުގެ މަސައްކަތުގެ 65 ޕަސެންޓް ނިންމާފައިވާ ކަމަށެވެ.

ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4،960 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، އުޅަނދުފަހަރަށް ދުއްވޭ ގޮތަށް 17،790 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.

ހަމައެއާއެކު ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުން ވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 300 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ. މި މަޝްރޫއަށް 37.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345