އެމްޓީސީސީ

ދުވާފަރު ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެ

Aug 30, 2021
ރ ދުވާފަރުގައި ބިންހިއްކުމުގެ މަސައްކަތް ކޮށްފައިވާ ސަރަހައްދު -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ކރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިިލައިގެ ފުރަތަމަ ޝިޕްމަންޓު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފަ އެވެ.

ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުގައި ވަނީ 2.22 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. މި މަޝްރޫއުގައި ކުރިއަށް އޮތް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 143.1 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345