ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ހަވާލުކޮށްގެން ކުރީގެ މާލޭ ސިޓީ ކައުންސިލުން ފެށި މަގުތައް ހެދުމުގެ މަޝްރޫއު މެދުކަނޑާލަން އަންގާފައި ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް، މުއިއްޒު ބޭނުންވާ ބަދަލުތައް ގެނައުމަށް މާލޭގެ މަގު ހެދުން މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރެއްވުމުންނެވެ.
މުއިއްޒު ވިދާޅުވީ އެކަހަލަ ނިންމުމެއް އަދި ނިންމާފައި ނުވާނެ ކަމަށެވެ. އޭގެ އިތުރު މައުލޫމާތު މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް މިއަދު ވިދާޅުވެފައިވަނީ މާލޭގެ މަގު ހެދުމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭ މޭޔަރުގެ އެދިވަޑައިގަތުމާ އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ މާލެ ވަށާ ހަތަރު ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތް ކަމަސް ވެސް ވިދާޅުވެ އެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން އެދިފައިވާނީ ދެ މީޓަރުގެ ޓްރެކެއް ހެދުމަށް ކަމަށެވެ.
ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަށް މަގުތަކަށް ބަދަލު ގެނައުމުގެ އެއްބަސްވުމުގައި އާރްޑީސީ އާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސޮއިކުރީ ޖެނުއަރީ 26، 2020 ގަ އެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން އެދިފައިވާނީ ދެ މީޓަރުގެ ޓްރެކެއް ހެދުމަށް ކަމަށެވެ.
ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަށް މަގުތަކަށް ބަދަލު ގެނައުމުގެ އެއްބަސްވުމުގައި އާރްޑީސީ އާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސޮއިކުރީ ޖެނުއަރީ 26، 2020 ގަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން، ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް ހައްލެއް ގެންނާނެ އެވެ. އަލުން ގާ އަތުރައި މަގުތަކަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށެވެ. މާލޭގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓުގައި ހިމެނެނީ، ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ސެގްމެންޓެކެވެ. އެ ސެގްމެންޓުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޭޕްރީލް 6 ގަ އެވެ.
މާލޭގެ ވަށައިގެން ޓްރެކެއް ހެދުމަށް، މަގު ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސައިލި ނަަމަވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި އަލުން ގާ އަތުރާ، ލޭންޑްސްކޭޕިން އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.