އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮ ކުރަން ނިންމާފައިވާތީ، ދިރާގުން ހޯމް ފައިބަ ބްރޯޑްބޭންޑް ޕްކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ހެޔޮކޮށްލައިިފި އެވެ.
ދިރާގުން މިގެނައި ބަދަލާއެކު ސަރުކާރުން އިއުލާން ކުރި އިންޓަނެޓުގެ ތިން ޕެކޭޖު ވަނީ އެ ކުންފުނީގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފަ އެވެ. އަދި އިތުރު ޑޭޓާ އާއި އެލަވަންސް ވަނީ ދީފަ އެވެ.
މީގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ ތްރަޓަލް ސްޕީޑް ސްޕީޑް އަފްޓާ އެލަވަންސް 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖުތަކަށް ދެ އެމްބީޕީއެސް ލިބޭނެ ގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރު ކޮށްފަ އެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ވަނީ ހޯމް އިންޓަނެޓް ޕެކޭޖުތަކަށް އިތުރު ހެޔޮ ބަދަލު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެންނަން ވެސް ނިންމާފަ އެވެ.
ދިރާގުން މި ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ އެވެ. އެގޮތުން، މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖް ތަކެއް ލިބޭނެ އެވެ. އެހެން ކަމުން، ޑޭޓާގެ އަގުތައް 50 ޕަސެންޓާ ހަމައަށް ހެޔޮވާނެ އެވެ.
އެ ކުންފުނިން ބުނީ ހޯމް ފައިބަ އިންޓަނެޓް ޕްކޭޖް ތަކަށް އަންނަ ބަދަލު އެއް ވަނަ ދުވަހުން ފެށިގެން ބަދަލު އަންނައިރު، އެ ކުންފުނީގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަމުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ ޕެކޭޖް ޗެކާ އިން ބެލޭނެ ކަމަށެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ އެއް ހިދުމަތެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ހިދުމަތް ދެމުންނެވެ.