މުހައްމަދު ނިމާލް

ކ. އަތޮޅުގެ ރަައީސް ނިމާލް އޭސީސީއަށް ހާޒިރުވާން އަންގައިފި

ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ. ނިމާލް އޭސީސީއަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބަޔާން ނެގުމަށެވެ.

އޭސީސީން ބަލަމުން ދަނީ ނިމާލް ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒިފުން އިތުރުކުރުމަށްޓަކައި އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒިފުން ނެގި ކަމަށް ބުނާ މައްސަލައެއްގައެވެ.

އޭސީސީއަށް ހާޒިރުވާން ނިމާލަށް އަންގާފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ޕީއެންސީގެ ނާއިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ނިމާލް އޭސީސީއަށް ހާޒިރުކުރަނީ ބިރު ދައްކާ އިންތިހާބުން ކުރި ހޯއްދެވި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަށް ހުރަސް އެޅުއްވުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.