މޯލްޑިވްސް ޕޮލިސް ސާވިސް

މާލެ އަތޮޅު ކައުންސިލްގެ ތިޖޫރި ފަޅާލައިފި

Sep 12, 2021

ކ. އަތޮޅު ކައުންސިލްގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެެވެ. ނަމަވެސް އިތުރު މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 8:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އޮފިސަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ކ. އަތޮޅު ކައުންސިލަށް ތަކުރާރުކޮށް ގުޅައިގެން ވެސް ފޯނަށް ޖަވާބު ނުދޭތީވެ ތިޖުރީގައި ހުރި ފައިސާގެ އަދަދު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.