ފުވައްމުލައް

ފުވައްމުލަކު މާރާމާރީ: އާންމުންގެ އެހީތެރިކަމަށް އެދެފި

Jun 30, 2021

މި މަހުގެ 26 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ހިނގި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

މި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި މީހަކު ވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅާ އެކަން ހިއްސާކޮށް ދިނުމަށް ވަނީ އެދިފައެވެ.