އައިޖީއެމްއެޗް

އައިޖީއެމްއެޗުން ހިތާނީ ކޭމްޕް ފަަށަނީ

Jul 1, 2021

ސްކޫލް ބަންދު ދުވަސްވަރާއި ދިމާކޮށް އައިޖީއެމްއެޗްގެ ހިތާނީ ކޭމްޕެއް ފަށަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ހިތާނީ ކޭންޕް ކުރިއަށް ގެންދަނީ ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން ކަމަށާ ހިތާނު ކުރުމާއި އެޑްމިޓް ކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ކަަމަށެވެ. ހިތާނު ކުރުމުގައި ދެ ހޮސްޕިޓަލްގެ ސާޖަރީ ޑޮކްޓަރުން ހަރަކާތްތެރިވާއިރު ކޭންޕް ކުރިއަށް ގެންދާނީ ޖުލައި 10 އިން އޮގަސްޓް މަހުގެ ފަހަކަށެވެ.

މިފަަހަރު ހިތާނީ ކޭމްޕްގައި ފުރުސަތު ދޭނީ 200 ކުއްޖަކަށެވެ. މިއަދުން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ނަން ނޯޓް ކުރަން ހުޅުވާލާއިރު ފުރުސަތު ދޭނީ ނަން ނޯޓްކުރާ ތަރުތީބުންނެވެ. ނަން ނޯޓް ކުރުން ކުރިއަށް ގެންދާނީ ހުކުރު ފިޔަވައި ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށެވެ.

އައިޖީއެމްއެޗުން ރޭ އިއުލާނުކުރި އެންގުމަކާއެކު ހިތާނަ ކުރާ ކުއްޖާ އެޑްމިޓް ކުރުމާއި ހިތާނު ކުރުމާއި އަދި ޑިސްޗާޖް ކުރުމުގެ އުސޫލުތައް ވެސް އާންމު ކޮށްފައި ވެއެވެ.