ޓޫރިޒަމް މާސްޓަ ޕްލޭން

ޓޫރިޒަމް ފަސް ވަނަ މާސްޓަ ޕްލޭނަށް ކޮންސެލްޓެންޓުން ހޯދަނީ

ރާއްޖޭގެ ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ފްލޭން އެކުލަވައިލުމުގެ މަސައްކަތް ކޮށްދޭނެ ކޮންސެލްޓެންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސް ވަނަ މާސްޓް ފްލޭނަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ މިނިސްޓްރީއިން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެއް ކަމަށެވެ. އަދި މި މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރި އަށް ގެންދަން ހަމަޖައްސާފައިވާ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަސައްކަތަށް ކޮންސަލްޓަންޓުން ހޯދައި އައްޔަން ކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނީ އޭޑީބީގެ ފަރާތުންނެވެ. އަދި މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން އައްޔަން ކުރަން ހަމަޖައްސާފައިވާއިރު، މީގެތެރެއިން ނުވަ ކޮންސަލްޓަންޓުންނަކީ ދިވެހިންނެވެ. އަދި ލީޑް ކޮންސަލްޓަންޓް އައްޔަން ކުރާނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.

މިކަމަށް ޝައުގުވެރިވެރިތާ ފަރާތްތަކުން ކުރިމަތިލާން ޖެހެނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.

ކޮންސަލްޓެންޓުން ނަގާ ދާއިރާތައް

  • އެންވަޔަރަންމަންޓަލް ކޮންސަލްޓަންޓް
  • ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް
  • ސޯޝިއޯ-ކަލްޗަރަލް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް
  • ޓޫރިޒަމް މާކެޓިން، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓަންޓް
  • މެރިން އެންޑް ލިވްއެބޯޑްސް ކޮންސަލްޓަންޓް
  • ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް)
  • ލީގަލް ކޮންސަލްޓަންޓް
  • ޓޫރިޒަމް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގް ކޮންސަލްޓަންޓް
  • ޓޫރިޒަމް ޕޮލިސީ ކޮންސަލްޓަންޓް
  • ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓަންޓް

ޓޫރިޒަމް ފަސް ވަނަ މާސްޓަ ފްލޭން ހަދާނެ ކޮންސެލްޓެންޓުން ހޯދަން މަސައްކަތް ކުރާއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރު ކަމުގައި މި މަސައްކަތް އިފުތިތާހު ވެސް ކުރި އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް އިންޑަސްޓްރީ އުފެއްދުމުގައި އުޅުއްވި އިސް ބޭފުޅުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތްތައް ބައިވެރިވި އެވެ.

ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅާފަ އެވެ. އެ އެ މާސްޓާ ޕްލޭނުގެ މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޓޫރިޒަމަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމާއި ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނު ތަކެއް ކަނޑައެޅުމެވެ. އެ މާސްޓަ ޕްލޭންގެ ދަށުން ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފަ އެވެ. މިހާރު ރާއްޖޭގައި 45،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.