ޓެކްނޯލޮޖީ

ސްޕޭސް އެކްސްއިން ޖައްވަށް 88 ސެޓަލައިޓް

ސްޕޭސް އެކްސްއިން އިތުރު 88 ސެޓެލައިޓެއް އުދުއްސައި ޖައްވަށް ފޮނުވައިފި އެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހު "ޓްރާންސްޕޯޓާ 2 މިޝަން" ގެ ދަށުން ޖައްވަށް ފޮނުވި މި ސެޓެލައިޓްތައް ފަޒާއަށް ގެންދިއުމަށް ބޭނުން ކުރީ ސްޕޭސްއެކްސްގެ "ފެލްކަން 9" ރޮކެޓެކެވެ. މި ރޮކެޓް ތަކަކީ އަލުން ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ސެޓަލައިޓް ތަކެކެވެ.

ސްޕޭސް އެކްސްއިން ޖައްވަށް ފޮނުވި މި 88 ސެޓޭލައިޓަކީ އެމެރިކާގެ ޕެންޓަގަންއަށް ނިސަބަތްވާ ފަސް ސެޓަލައިޓާއި އެކި ގައުމްތަކުން ސްޕޭސްްއެކްސްއާއި ހަވާލު ކޮށްފައިވާ ސެޓެލައިޓް ތަކެކެވެ. އަދި މީގެ އިތުރުން އެކި ކުންފުނި ތަކުންނާއި ރިސާޗް ސެންޓަރުތައް އަދި ސްކޫލްތަކުގެ ސެޓެލައިޓްތައް ވެސް ހިމެނެ އެވެ.

މި 88 ސެޓެލައިޓާއެކު ސްޕޭސް އެކްސްއިން މިހާރު ފަޒާގެ ތެރެއަށް ދޫކުރި ސެޓެލައިޓްތަކުގެ އަދަދު 900 އަށް އަރަ އެވެ.

"ޓްރާންސްްޕޯޓާ 2 މިޝަން" އަކީ ސްޕޭސްް އެކްސްގެ "ސްމޯލް-ސެޓް ރައިޑް ޝެއާ" ޕްރޮގްރާމްގެ ތެރެއިން ޖައްވަށް ފޮނުވުނު ދެވަނަ ރޮކެޓެވެ. މި ޕްރޮގްރާމަކީ ސެޓެލައިތްތައް އަގު ކުޑަކޮށް ޖައްވަ ފޮނުވަން ގެނައި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ފަށާ އަގަކީ އެއް މިލިއަން އެމެރިކާ ޑޮލަރެވެ.