ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ލުއިތަކާއެކު ކުޅިވަރު އެސޯސިއޭޝަންތައް ހިނގައިގެންފި

Jul 8, 2021

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސް ވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިނުމާއެކު ކުޅިވަރު އެސޯސިއޭޝަން ތަކުގެ މަސައްކަތްތައް ހިނގައިގަނެ "މެކުހަ" ށް ޖަހައިފި އެވެ.

ކުޅިވަރު ކުޅޭ ދަނޑުތަކާއި ކަސްރަތު ކުރާ ތަންތަން މިއަދުން ފެށިގެން ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މުބާރާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައި ވެއެވެ. ސަބަބަކީ މުބާރާތްތައް ބާއްވަން ފަށައިފި ނަމަ ގިނަ ބަޔަކު އެއްވުމުގެ ސަބަބުން ކޮވިޑް ފެތުރުމަށް އިތުރު ދޮރެއް ހުޅުވިދާނެތީ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އތުލީޓުންގެ ފަރިތަ ކުރުންތަށް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭ ޓްރެކްގައި ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ އިތުރުން އެކަޑަމީ ތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސަރުކާރާއި ވާހަކަ ދައްކައިގެން މާލޭ ޓްރެކްގައި ވެސ އެކަޑަމީ ތަކަށް ވަކި ގަޑި ތަކެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށެވެ.

އެތެލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ފަރިތަކުރުން ތަކުގެ އިތުރުން މުބާރާތްތައް ބާއްވަން ހުއްދަ ލިބިއްޖެ ނަމަ މުބާރާތްތައް ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެގޮތުން ގައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތައް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ސްކޫލްތައް ބަންދު ކޮށްފައި އޮތުމުން މިއަހަރު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ނުބޭއްވޭނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަނުން ވެސް އަންނަނީ ފުޓްބޯޅައިގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އެގޮތުން ލުއި ތަކާއި އެކު ތާޑު ޑިވިޝަންގެ ޓީމުތަކަށް މިހާރު ފަރިތަ ކުރެވޭނެތީ ތާޑް ޑިވިޝަން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

ސާދަ ޓީމު ބައިވެރި ވެގެން ކުރިއަށްދާ ތާޑް ޑިވިޝަންގެ 12 މެޗު ކުޅުމަށްފަހު ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމުން އެޅި ފިޔަވަޅު ތަކާއި އެކު މެއި މަހު ވަނީ ތާޑް ޑިވިޝަން މުބާރާތް މެދުކަނޑާލާފަ އެވެ. ދެވަނަ ޑިވިޝަން ފެށެން އޮތީ ތާޑު ޑިވިޝަން ނިންމާފައި ކަމުން، މިހާރު އެފްއޭއެމް އިން ހާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަނީ ތާޑް ޑިވިޝަން މެޗުތައް ވީހާވެސް އަވަހަށް ފެށުމަށެވެ.