މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް ކަމުން އައްބާސް ވަކިކޮށްފި

Nov 17, 2015

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މިއަދު މަގާމުން ވަކި ކުރައްވައިފި އެެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ ކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އައްބާސް މަގާމުން މިއަދު ވަކި ކުރެއްވި އިރު އޭނާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މީގެ އަށް މަސް ދުވަސް ކުރިންނެވެ.

އައްބާސް އާދިލް ރިޒާ މަގާމުން ވަކި ކުރި ހިޔާނާތުގެ ބޮޑު މައްސަލައެއް ފެންމަތިވެފައިވާ އެމްއެމްޕީއާރްސީ އިން ކުޅޭ ސާމާނުގެ ނަމުގައި އޮޅުވާލައިގެން އެތެރެކޮށްފައިވާ ބަޑިބޭސް ކޮންޓެއިނާއެއް ކަސްޓަމްސް އިން އުސޫލުތަކާ ހިލާފަށް ކްލިއާ ކޮށްދިން މައްސަލަ ވެސް ވަނީ ފެންމަތިވަފައެވެ. ނަމަވެސް ކަސްޓަމްސް އިން ވަނީ އެ ކޮންޓެއިނާ ކްލިއާ ކޮށްފައި ވަނީ އިޖްރާއަތްތަކާ އެއްގޮތަށް ކަމަށް ބުނެފަ އެވެ.