ހަބަރު

އެސްޓީއޯއިން ސެމްސަންގް ޕްރޮޑަކްޓްތަކުން ޑިސްކައުންޓްދޭ ޕްރޮމޯޝަނެއް

"ސެމްސަންގް" ބްރޭންޑް ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއްދޭ ޕްރޮމޯޝަނެއް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ފަށަން ނިންމައިފި އެވެ.

"ސެމްސަންގް ދަ ފިއުޗާ އިޒް ހިއާ" ނަމުގައި އެސްޓީއޯއިން ފަށަން ނިންމާފައިވާ ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ ސެމްސަންގް ޕްރޮޑަކްޓް ތަކުން 15-20 ޕަސެންޓާ ދެމެދު ޑިސްކައުންޓެއް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ 15 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނުން ވިއްކާ ސާމާނުތަކަށް އެއް އަހަރު ދުވަހުގެ ސަރވިސް ވޮރެންޓީއެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ސަރވިސް ސެންޓަރުގަ އެވެ.