މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް ކަމަށް ޖުނައިދު

Nov 17, 2015
1

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ސ. މީދޫ، ކެނެރީވިލާ، މުހަންމަދު މުހައްމަދު ޖުނައިދު ރައީސުލްޖުލްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ. އެ މަގާމަށް ޖުނައިދު އައްޔަން ކުރެއްވީ މިހާތަނަށް އެމަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަގާމުން ވަކި ކުރެއްވުމަށްފަހު އެވެ.

ޖުނައިދު ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަން ދެއްވީ އެމްޕީއެލްގެ ސީއީސޯގެ މަގާމަށް ބަދަލު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކަސްޓަމްސްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނާ ޖެނެރެލް އޮފް ކަސްޓަމްސްގެ މަގާމު ޖުނައިދަށް ދެއްވުމަށްފަހު ‏ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

ޖުނައިދު އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި ޖުނައިދު ނައިދު ‏ކުރެއްވިއެވެ.