ޝިލްޕާ ޝެޓީ

ޝިލްޕާގެ "ހަންގާމާ 2" ޖުލައި 23 ގައި ބެލޭނެ

ސާދަ އަހަރު ފިލްމު ކުޅުމާ ދުރުގައި ހުރެފައި ޝިލްޕާ ޝެޓީ އެނބުރި އައުން ފާހަގަ ކުރާ ފިލްމު "ހަންގާމާ 2" ގެ ޓްރެއިލާ މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. މިއީ 2003 ގައި ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ހަންގާމާ" ގެ ސީކުއަލް އެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.

ފިލްމުގެ ޓްރެއިލާ އަށް ބަލާލުމުން ކުރީ ފިލްމުގައި ހުރި ހެއްވާ މަޖާ ގޮތްގަނޑު މިފަހަރުގެ ފިލްމުގައި ވެސް ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެކްޓަރު ޕަރޭޝް ރާވަލް މި ފިލްމުގައި ވެސް ކުޅެނީ "ހަންގާމާ"ގައި ވެސް ކުޅުނު ރާދޭޝާމްގެ ރޯލެވެ. ޝިލްޕާ ކުޅެނީ އޭނާގެ ރީތި، ޒުވާން އަނބިމީހާގެ ރޯލެވެ. ކޮމޭޑިއަން އަދި އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެ އެވެ.

"ހަންގާމާ 2" ޓްރެއިލާ

މީޒާން ކުޅެނީ ވަރަށް ރީތި ޒުވާނެއްގެ ރޯލެވެ. ޕަރޭޝްގެ ކެރެކްޓާ އާއި އޭނާގެ އަންހެނުން އަދި މީޒާންގެ ކެރެކްޓާގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް މި ފިލްމުން ފެންނާނެ އެވެ.

ޕްރިޔަދަރްޝަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ޝިލްޕާގެ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޗުރަ ކެ ދިލް މެރާ" ގެ ރިމިކްސްޑް ވާޝަން އެއް ހިމަނާފައި ވެއެވެ.