އައިޖީއެމްއެޗް

ވިހޭ ދަރިފުޅު އައިޖީއެމްއެޗަށް ދޫކޮށްލާފައި މަންމަ ފިލައިފި

Nov 17, 2015
1

އައިޖީއެމްއެޗްގައި ވިހެއި އަންހެނަކު، އޭނާ ވިހެއި ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލައި ފިލައިފި އެވެ.

އަންހެން މީހާ ފިލާފައި ވަނީ ހަތަރު ދުވަސް ކުރިންނެވެ. މިދިފިލައިގެން ދިޔައީ "ޑިސްޗާޖް"ކުރުމުން ހޮސްޕިޓަލަށް ދަރިފުޅު ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ޖެންޑާއާ ގުޅިގެން ކުރިޔަށް ގެންދާ ކަމަށާއި އިތުރު މައުލޫމާތު ދޭނީ ޖެންޑާއިން ކަމަށެވެ. މި މައްސަލައާ ގުޅިގެން ޖެންޑާއިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްފައި ވިހެއި މީހަކު ވިހޭ މީހަކު ޑިސްޗާޖްކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ދަރިފުޅު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އެކުއްޖާގެ ކަން މިވަގުތު ބަލަހައްޓަނީ ޖެންޑާ މިނިސްޓްރީ ކަމަށާއި ތުއްތު އެ ފިރިހެން ކުއްޖާއަށް ދޭންޖެހޭ ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންހެންމީހާ ފިލައިގެން ދިއުމަށްފަހު ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ފަހުން ވެސް މަޑު ނުކޮށް ދިޔައީ އެވެ. އެނގިފައިވާ ގޮތުގައ ދަރިފުޅު ދޫކޮށްލާފައި ދިޔައީ އައިމިނަތު ފަރީޝާ ނަމަކަށް ކިޔައި އަންހެނެކެވެ. ބ. ކަމަދޫއަށް ނިސްބަތްވާ އެ މީހާގެ އިތުރު ފަސް ކުދިން ވެސް ތިބެ އެވެ.