މޯލްޑިވްސް ޕޮލިސް ސާވިސް

ހަމަލާއާ ގުޅުން ހުރި މީހެއް ދޫކޮށްލާފައެއް ނުވޭ

ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދަނީ
100%
0%
0%

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އެއްވެސް މީހަކު ދޫކޮށްލާފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އެއީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅުން އޮތް ބައެއް ކަމަށް ރިޕޯޓް ކުރުމުންނެވެ. ނަޝީދުގެ މައްސަލައާ ސީދާ ގުޅުން އޮތް އަށް މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ އެވެ.

ފުލުހުން މިހާތަނަށް އާންމުކޮށްފައިވަނީ ފަސް މީހެއްގެ ވަނަވަރެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާ އާއި އޭނާއަށް އެހީތެރިވެދިން މީހަކާއި ގޮއްވާލި އައިއީޑީ އޮތް ސައިކަލުގެ ވެރިމީހާ އާއި އިތުރު ދެ މީހަކު ހިމެނެ އެވެ.

ފުލުހުން ބުނީ އެ މުއައްސަސާއިން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު މިއަދު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލީ ބަންދުގެ މަޖިލީހަށް ހާޒިރު ކުރުމުންނެވެ. ކޯޓުން ބުނީ ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ނަމަވެސް ޕީޖީ ޝަމީމް ވިދާޅުވީ އެ ތިން މީހުން ބަންދުގައި ބައިތިއްބަން ޖެހޭ އެކަށީގެންވާ ސަބަބު ހުށައަޅާފައިވާ ކަމަށާ ކްރިމިނަލް ކޯޓްގެ ނިންމުން މަތީ މަރުހަލާގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެ ތިން މީހުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުންނެވެ. ގާޒީ ހަސަން ސައީދުގެ މައްސަަލަތަކެއް މިހާރު ވެސް ޖޭއެސްސީގައި އޮތްއިރު އެ މައްސަލަތައް ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ. ހަސަން ސައީދަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައިއި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި ގާޒީ ވެސް މެއެވެ. އެ މައްސަލަ ވެސް ސީރިއަސްކޮށް ބަލާ ކަަމަށް ޖޭއެސްސީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345