ރައްޔިތުންގެ މަޖިލިސް

"ސާލިހް ޕާޓީ" ޖެހި މައްސަލަ ބަލައިދޭން އެދެފި

0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީއަށް ހާއްސަ ކޮށްފައިވާ އޮފީހުގެ ބޭރުގައި "ސާލިހް ޕާޓީ" ލިޔެފައިވާ ކަރުދާސްގަނޑެއް ހަރުކުރި މައްސަލަ ބަލައިދޭން އެ ޕާޓީގެ ގުރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލުކުރާ ކޮންމެ ޕާޓީއަކަށް ވެސް ހާއްސަ އޮފީހެއް ހުރެއެވެ. އަދި އެ އޮފީހުގެ ބޭރުގައި އެ ޕާޓީގެ ނަން ލިޔެ ބޯޑެއް ހަރުކޮށްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑްގެ ތިރީގައި މިއަދު ވަނީ "ސާލިހް ޕާޓީ" ލިޔެފައިވާ ކަރުދާސް ގަނޑެއް ހަރުކޮށްފަ އެވެ. އެ ކަރުދާސްކޮޅުގައި "އެމްއެމްޕީ" މިހެން ވެސް ލިޔެފައި ވެއެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރަކު ވިދާޅުވީ އެއީ އެކަންކުރި ބަޔަކު ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނެސް މައްސަލަ ބަލައިދޭން އެދިފައިވާނެ ކަމަށެވެ. އަދި ބަޔަކަށް އަމާޒުކޮށް އެފަދަ ފުރައްސާރައެއް ކުރުން ބަލައިނުގަަންނަ ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި "ސާލިހު ޕާޓީ" ގެ ނަމުގައި އެ އިޝާރާތް ކުރަނީ ރައީސް ސޯލިހަށް ވަފާތެރި މެންބަރުންނަށެވެ. އަދި "އެމްއެމްޕީ" ގެ ގޮތުގައި އިޝާރާތްކޮށްފައިވަނީ ކާނަލް މުހައްމަދު ނާޒިމް އާއި އަބްދުﷲ ރިޔާޒު އުފައްދަވަން މަސައްކަތް ކުރައްވާ ކަމަށް އަޑުފެތުރިފައިވާ ޕާޓީއަށެވެ. ޕާޓީއެއް އުފައްދަވާކަން ރަސްމީކޮށް އެ ދެ ބޭފުޅުން ހާމަނުކުރައްވައެވެ. ނަމަވެސް އެމްޑީޕީގެ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން އެެ ވާހަކަތައް ދައްކަވާތާ ދެތިން ހަތަރު ދުވަހެއް ވެއްޖެ އެވެ. "އެމްއެމްޕީ" އަކީ މޯލްޑިވްސް މިލިޓަރީ ޕާޓީ ކަަމަށާ އެއީ ނާޒިމް އާއި ރިޔާޒު ކުރީން މިލިޓަރީގައި އުޅުއްވާފައިވާތީ ފުރައްސާރަ ކުރަން ބޭނުންކުރި ނަމެއް ކަަމަށްވެސް އެހެން މެންބަރަކު ވިދާޅުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910