ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ މަނަވަރު "ޝާރުދާ" ރާއްޖެ ބަނދަރުކޮށްފި

އަސްކަރީ ފަރިތަ ކުރުންތަކެއްްގައި ކަމަށް ބުނަމުން އިންޑިއާގެ މަނަވަރެއް ރާއްޖެ ބަނދަރުކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު ރާއްޖެ އައީ އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ "އެކްސް- އެކަތަ 4" ނިންމުމުގައި ބައިވެރިވާން އައި މަނަވަރެއް ކަމަށެވެ. އެއީ މަނަވަރު "ޝާރްދާ" ކަމަށެވެ.

މީގެ ކުރިން ވެސް "ޝާރުދާ" ރާއްޖެ އައިސްފައިވާ އިރު އަންނަ ހޯމަ ދުވަހު ފުރާނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ މަނަވަރުން ރާއްޖޭގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކުގެ ތަފްސީލު ސިފައިންގެއަކުން ނުދެ އެވެ. ރާއްޖެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރަން ކަމަށް ބުނެ މީގެ ކުރިން ވެސް އިންޑިއާގެ މަނަވަރުތައް ރާއްޖެ އާދެ އެވެ.