ބޭންކް އޮފް މޯލްޑިވްސް

ހުޅުމާލޭގެ "ފޮތް ގާޑިޔާ" އަށް ބީއެމްއެލްގެ އެހީ

Jul 10, 2021
ހުޅުމާލެ ފޮތް ގާޑިޔަލުގައި ކުދިންތަކެއް ފޮތް ކިޔަނީ -- ފޮޓޯ: ބީއެމްއެލް
0%
0%
0%

ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ފޮތް ގާޑިޔާ" އަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގެ ފޮތް ގާޑިޔާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މިއީ ފޮތް ގާޑިޔަލުގެ ފައުންޑަރުންނެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ފޮތް ގާޑިޔަލަށް މޫސުމާއެކު ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން އެ ތަން ތަރައްގީ ކުރުން ކަމަށް ބޭންކުން ބުންޏެވެ.

މިހާރު އެތަން ވަނީ ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް، ހިޔާވާނެގޮތް ހަދައި ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ގާއިމްކޮށްފަ އެވެ. މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދީފައިވާކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345