ރާއިފް މަރާލުން

ކުޑަ ކުއްޖާގެ ހަށިގަނޑު އަންގާރަ ދުވަހު ރާއްޖެއަށް

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އަންނަ އަންގާރަ ދުވަހު ރާއްޖެ ގެންނާނެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މި އަންގާރަ ދުވަހު މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ. މާލެ ގެނައުމަށް ފަހު އާއިލާއާ ހަށިގަނޑު ހަވާލުކުރާނެ ކަމަށެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.