ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ އޮންލައިން ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް

Jul 11, 2021
2
އަލީ ވަހީދު: އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ވަނީ ނިންމާފައި -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
0%
0%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަދު އިސްތިއުނާފް ކޮށްފި އެވެ.

އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމުން އެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިފައިވާ ގޮތަށް، އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ ކޯޓުން އެ މައްސަލަ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭރުކޮށްލާފަ އެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ދައުވާ ލިބޭ އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ނުދެކެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345