ހައިކޯޓް

އަލީގެ ޕާސްޕޯޓު މައްސަލަ ހައިކޯޓަަށް ބަލައެއް ނުގަތް

ހައި ކޯޓު އިމާރާތް: ރަޖިސްޓްރާއާއި ހިސާބުން އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުއިއިރު އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނާފައި ނުވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި މައްސަލަ ނުބެލޭނެތީ މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ މިއަދު ވަނީ ނިންމާފަ އެވެ.

ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ހަތް ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮންނާނެ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން ބުނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ 9، 2021 ގައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދަން ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރު ކޮށްލައިފަ އެވެ.

އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ. އޭނާ މިހާރު ހުރީ އިނގިރޭސިވިލާތުގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގަދަ

ކޮބާ މިކަންވެސް އިސްތިއުނާފް ކުރަން ވާނެއްނޫންތޯ މިސްޓަރ އިސްތިއުނާފް

ޔަހްޔާ

މިއީ މިއަދުގެ ކިތައްވަނަ ހަބަރުތަ؟ ދުވާލަކު ވަކި ވަރަކަށް ޑްރާމާގެ އެޕިސޯޑް ލިމިޓްކޮށްލުން އެދެން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345