ސައުދީ އަަރަބިއްޔާ

ސައުދީގެ އިސްލާމިކް މިނިސްޓަރު ރާއްޖެ ވަޑައިގަނެފި

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޝައިހް ބިން އަބްދުލް އަޒީޒް އަލް މުހައްމަދު ރާއްޖެ ވަޑައިގަނެފި އެވެ.

ސައުދީގެ އިސްލާމިކް މިނިސްޓަރު އަބްދުލް އަޒީޒް ރާއްޖެ ވަޑައިގަތީ މިއަދު އެވެ. މި ދަތުރުފުޅުގައި އެމަނިކްފާނާއެކު ސައުދީގެ ބައެއް އިސްވެރިން ވަޑައިގެންނެވ އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މި ދަތުރުފުޅާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝައިހު އިބްރާހިމް އަހުމަދު ވިދާޅުވީ ސައުދީގެ އިސްލާމިކް މިނިސްޓަރުގެ ދަތުރުފުޅަކީ ރާއްޖެއާއި ސައުދީއާ ދެމެދު ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދެގައުމު ގުޅިގެން ކުރެވޭނެ ކަންތަށްތަކާއި މެދު މަޝްވަރާކުރުމަށް ކަމަށެވެ.

"މިޒިޔާރަތުގަ އެންމެ ބޮޑު އިސްކަމެއް ދެވެނީ ރާއްޖޭގެ އިލްމުވެރިންނާއި ބައްދަލު ކުރެއްވުން. އަދި މާދަމާ ބާއްވާ ރާއްޖޭގެ އިލްމުވެރިންގެ މަހާސިންތާގައި އެމަނިކްފާނު ބައިވެރިވެ ވަޑާގަންނަވާ ތަގުރީރު ކުރަން ވަނީ ހަމަޖެހިފަ،" އަހުމަދު ވިދާޅުވި އެވެ.