ބަންގްލަދޭޝް

ޑިމާންޑް ބޮޑުވެ ބަންގްލަދޭޝް އަށް ފްލައިޓް އިތުރުކޮށްފި

Jul 13, 2021
1

އީދުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، ރާއްޖޭން ބަންގްލަދޭހަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެ، މޯލްޑިވިއަން ފްލައިޓްތައް އިތުރުކޮށްފި އެވެ.

މޯލްޑިވިން ފްލައިޓް އުދުއްސާ، އައިލެންޑް އޭވިއޭޝަން ކުންފުނީގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ބަންގްލަދޭހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާ، އެހެން ވެގެން ފްލައިޓް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.

"ވަރަށް ރަނގަޅު ޑިމާންޑެއް އެބައޮތް. އެހެންވެ ފްލައިޓް އިތުރު ކުރީ،" ވަސީމް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިހާރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދުވާލަކު ހަތަރު ފްލައިޓް ބާއްވަ އެވެ. އަދި އެ އެއާލައިނުން ވަނީ އީދަށް އިތުރު ޑިމާންޑެއް އޮންނާތީ މިމަހުގެ 21 އަދި 23 ގައި ވެސް ފްލައިޓެއް ބާއްވަން ނިންމާފަ އެވެ.

ރާއްޖޭގައި ބަންގްލަދޭޝަންގެ ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރެ އެވެ. މިހާރު ބެލެވޭ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ 60 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ އެ ގައުމުގެ ރައްޔިތުންނެވެ. އަދި މި މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދަށް އެ މީހުންގެ ގައުމަށް ދަތުރު ކުރެ އެވެ.