ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީދު ފާހަގަ ކުރުން

އީދު ނަމާދު ބޮޑު ޖަމާއަތެއް ނޯންނާނެ

މި އަހަރުގެ ބޮޑު އީދުގެ އީދު ނަދާމު ބޮޑު ޖަމާތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭ ސަރަހައްދުގައި ބޮޑު އީދު އަދި ކުޑަ އީދު ނަމާދު ވެސް ޖަމާއަތުގައި ކޮށްފައެއް ނުވެ އެވެ. މި އަހަރުގެ ފިތުރު އީދު ވެސް މާލޭ ސަރަހައްދުގައި ކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް ހާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެން އެޗްޕީއޭއިން މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. އެ ލުއިތަކަށް ބިނާކޮށް މި އަހަރުގެ ބޮޑު އީދު ނަދާނު ބާއްވަން އިސްލާމިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިސަރަކު އަވަސް އަށް ވިދާޅުވީ މި އަހަރުގެ ބޮޑު އީދު ދުވަހު ބޮޑު ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ގިނަ ބަޔަކު އެއްފަހަރާ އެއް ސަރަހައްދެއްގައި ތޮށްޖެހުން ކުޑަ ކުރުމަށް ކަމަށެވެ.

ނަމަވެސް މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުގެ ޖަމާއަތް ބާއްވާނެ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތު ގޯސްވެ، މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮވިޑް ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ ހުއްދަ ދޭން ނިންމާފައިވަނީ" އޮފިސަރު ވިދާޅުވި އެވެ.

މި އަހަރުގެ އަޟުހާ އީދު ދުވަސް ވަނީ މިމަހުގެ ވިއްސަށެވެ. ކޮވިޑްގެ ކޭސްތައް މާލޭ ސަރަހައްދުގައި އިތުރުވެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި ވަނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުގަ އެވެ. ނަމަވެސް ކޮވިޑް ކޭސްތައް ދަށްވާން ފެށުމުން ޖޫން މަހު ދިން ލުއިތަކުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފަ އެވެ.

ބޮޑު އީދު ނަމާދު ކުރުމުގައި އެޗްޕީއޭން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެދެ އެވެ.