ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑުވަޒީރު މޯދީއާ ރައީސް ސޯލިހު މަޝްވަރާ ކުރައްވައިފި

ކޮވިޑާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރައީސުލްޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައިފި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ގާތް އެކުވެރިޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ފޯނުން ކޮވިޑްއާއި ގުޅުން ހުރި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ވިދާޅުވީ ރާއްޖެ އާއި އިންޑިއާއަށް ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމާ ގުޅުން ހުރި މަޝްވަރާތައް ކުރެއްވި ކަމަށާއި ދެ ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާ ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އަބަދު ވެސް އޮންނާނީ ރާއްޖޭއާ އެކުގައި ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދެވެން އޮތް އެހީއެއް ދެއްވާނެ ކަމަށެވެ.

މޯދީ ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގަމުންދާ މަޝްރޫތަކުގެ އަޕްޑޭޓް ވެސް ފޯނު ކޯލުގައި ބައްލަވާލެއްވި ކަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންފައިވާތީ މަރުހަބާ ވެސް ވިދާޅުވި އެވެ.