ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ސާމްޕަލްގެ ނަތީޖާ ލިބުން ލަސް ވެދާނެ: އެޗްޕީއޭ

ކޮވިޑް-19 އަށް ޓެސްޓްކުރާ މީހުންގެ ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި ދުވަސްވަރު ރަށްރަށަށް ދާންވެގެން ގިނަ ބަޔަކު ޕީސީއާރް ޓެސްޓް ހަދަމުންދާ ކަމަށާއި އެހެންކަމުން ޓެސްޓްކުރާ ސާމްޕަލްތައް ފުނިޖެހެމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ނަތީޖާ ލިބުން ލަސް ވެދާނެ ކަމަށެވެ.

ގިނަ ބަޔަކު ޕީސީއާރް ޓެސްޓް ހެދިޔަސް ޓެސްޓް ކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުންނަށާއި ޑައިރެކްޓް ކޮންޓެކްޓުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުރިއަށް އޮތް ބޮޑު އީދަށް ގިނަ ބަޔަކު ރަށްރަށަށް ދާން ފަށައިފައިވާ އިރު ކޮވިޑް ފެތުރިފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރު ކުރުމުގައި މިހާރު ވަނީ ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން ކޮވިޑް ޖެހި ރަނގަޅުވެ ވަކި މުއްދަތައް ހަމަނުވެ ނުވަތަ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހައިފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އެވެ.

މާލެއާއި އަތޮޅުތަކުގައި މި ދޭތެރެއިން ކޮވިޑް ފެތުރިގެން ދިއުމަށް ފަހު މިހާރު ވަނީ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން އިއްޔެ މާލެއިން 19 މީހުން ޕޮޒިޓިވްވި އިރު މީހުން ދިރިއުޅޭ ރަށްތަކުން 78 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.