ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ބޯޑަރު ހުޅުވުމަށް އެއް އަހަރު ފުރުން ފާހަގަކޮށްފި

ކޮވިޑް-19 އަށް ބޯޑަރު ބަންދުކޮށް އަލުން ހުޅުވިތާ އެއް އަހަރު ފުރުން މިއަދު ފާހަގަ ކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޯޑަރު އަލުން ހުޅުވުން ފާހަގަ ކުރަން ވަނީ ބޮޑުބެރުގެ އައިޓަމްއެއް ބާއްވާފަ އެވެ. އަދި މިއަދު ހެނދުނު ޖެއްސި އެމިރޭޓްސްގެ ފްލައިޓުން އައި ޓޫރިސްޓެއް ހޮވައި އެކަން ފާހަގަ ކޮށްފައި ވެއެވެ.

ކޮވިޑް-19 އިގެ ބަލި ރާއްޖޭން ފެނުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވީ މިއަހަރުގެ ޖުލައި 15 ގަ އެވެ. އަދި ބޯޑަރު އަލުން ހުޅުވުމާއެކު ފުރަތަމަ ޖެއްސީ ގަތަރުން އައި ގަތަރު އެއާވޭސް އެވެ. "ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އިސްތިހާރުކޮށް އެމްްއެމްޕީއާރުސީން ބޯޑަރު ހުޅުވަން ހާއްސަ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ.

ބޯޑަރު ހުޅުވުމަށްފަހު މިދިޔަ އަހަރު 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 541،794 ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.