އުރީދޫ މޯލްޑިވްސް އިން ޕާސަނަލް ކޮމްޕިއުޓާސްއާއެކު ފަށާފައިވާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގައި ސްކޫލް ކުދިންނަށް ހިލޭ މައިފައި ޑިވައިސްއަކާއެކު 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ،
ސްކޫލް ހުޅުވެން ވާއިރަށް ދަރިވަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ މަގްސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމެވެ.
"ބެކް ޓު ސްކޫލް" އޮފާ ގެ ދަށުން ޕާސަނަލް ކޮމްޕއިޓަރސްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެ އެވެ. ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ މައިފައި ޑިވައިސް މެދުވރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ އެވެ. އަދި ހަމައެހެންމެ، ޕާސަނަލް ކޮމްޕިއުޓާސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ވަނީ ހިމެނިފަ އެވެ. އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިހާރި އުރީދޫ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ގޭގައި ބަންދުވުމާއެކު އިންޓަނެޓުގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
"އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށް ވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތު ތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕަރސަނަލް ކޮމްޕިއުޓާސް އާއެކު މި ލޯންޗް ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީ އަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން،" ނިޔާޒު ވިދާޅުވި އެވެ.