މިއުޒިކް

އެންއެފްޓީ ޓޯންގެ އެންބެސަޑަރަކަށް ޝަހީދު ލެގަސީ

ޑީސެންޓްރަލައިޒްޑް އެންއެފްޓީ މާކެޓް ޕްލޭސް ފޯ މިއުޒިކް އާޓްސް، އެންއެފްޓީ ޓޯންސްގެ އެމްބަސަޑަރު ކަމަށް ރާއްޖޭގެ ގިޓަރިސްޓެއް ކަމަށްވާ ޝަހީދު ލެގަސީ ހަމަޖައްސައިފި އެވެ.

މެޓަލް ބޭންޑް ސެކްރެޑް ލެގަސީގެ ލީޑް ގިޓަރިސްޓްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޝަހީދުގެ މިއުޒިކީ ހަޔާތް ފެށީ 2004 ވަނަ އަހަރު ދެ ރައްޓެއްސަކާއެކު އެވެ. އޭގެ ފަހުން 2006 "ސެކްރެޑް ލެގަސީ" ކިޔާ ބޭންޑެއް އަމިއްލައަށް އުފައްދާ ޝަހީދުގެ މިއުޒިކް ހަޔާތް ކުރިއެރުވި އެވެ. އެގޮތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޝަހީދުގެ ފުރަތަމަ ސޯލޯ އަލްބަމް އެ އަހަރު ނެރުނެވެ. އެ އަލްބަމް ވެގެން ދިޔައީ މެޓަލް މިއުޒިކަށް ލޯބިކުރާ މީހުންގެ ސަމާލުކަމާއި ޝައުގުވެރިކަން އެއަހަރު އެންމެ އަވަހަށް ހޯދި އަލްބަމަށެވެ. ޝަހީދުގެ ސޯލޯ މިއުޒިކަށް އޮތް ޑިމާންޑާއެކު ޝަހީދުގެ ސޯލޯ ކެރިއަރު ފަށައި އޭޝިއާ އާއި ޔޫރަޕްގައި ޝަހީދުގެ ސޯލޯ މިއުޒިކްވަނީ މެޓަލް މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ސަޕޯޓް ލިބިފައެވެ.

އެންއެފްޓީ ޓޯން އަދި ޝަހީދު ބުނި ގޮތުގައި އަލަށް ކުރިއަރަމުން އަންނަ މިއުޒިކީ ފަންނާނުންނަށް އެންއެފްޓީ މި ޕްލެޓްފޯމްގައި ލިބެން ހުރި އެކި ފުރުސަތުތައް ޕްރޮމޯޓްކޮށް ހޭލުންތެރި ކުރުމަށްޓަކައި އެންއެފްޓީ ޓޯނާއެކު މަސައްކަތްތަކެއް ކުރާނެ އެވެ. އެންއެންފްޓީ ޓޯންއަކީ އަލަށް ކުރިއަރަމުންނަ މިއުޒިކީ ފަންނާނުންނާ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ވެސް އެފަރާތްތަކުގެ މިއުޒިކް ޕްރޮމޯޓް ކުރުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ފުރުސތެކެވެ.

އެންއެފްޓީ ޓޯންގެ ޕްލެޓްފޯމަކީ އެކި މިއުޒިޝަނުން އެކަކު އަނެކަކަށް ތައާރަފްވެ އިންވެސްޓަރުން ހޯދަން ހުޅުވިފައިވާ ޕްލެޓްފޯމެކެވެ. މިގޮތުން އެފަރާތްތަކުގެ މިއުޒިކް އެންއެފްޓީ އަށް ބަދަލުކޮށް އިންވެސްޓަރުންނާއެކު ޑިޖިޓަލީ ބަދަލުކު ރުމުގެ ފުރުސަތު ލިބިގެން ދެއެވެ. ކްރިޕްޓޯ ކަރަންސީ ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި އެންއެފްޓީ ޓޯން މާކެޓް މި ޕްލެޓް ފޯމުގައި އަމިއްލަ މިއުޒިކް ކޮންޓެންޓް އުފައްދާ އެންއެފްޓީ ޓޯނަށް ބަދަލު ކޮށް ނީލަން ކިޔާ އެ މިއުޒިޝަނަކު ބޭނުން އަގެއްގައި ވިއްކާލުމުގެ ފުރުޞަތު ލިބިގެންދެ އެވެ.